ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަންޒް ފުޑުން ބިދޭސީންނަށް ކާތަކެތި ހަދިޔާކޮށްފި

May 8, 2020
1

މިއަންްޒް އިންޓަނޭޝަނަލް އިން ހިންގާ، މިއަންޒް ފުޑްސް އިން ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި އެވެ.

މައި ކޮލެޖުގެ ޗެއާމަން އަދި ވެރިޔާ އަހުމަދު މޮއްތަކީގެ މި ކުންފުނިން ވަނީ ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވާން ކާބޯތަކެތި ހަދިޔާ ކޮށްފަ އެވެ. މީގެ އިތުރުން އެ ކުންފުނިން އެހެން ފަރާތް ތަކަށް ވެސް މިފަދަ ތަކެތި ހަދިޔާ ކުރަން ފަށާފައި ވެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާ ގުޅިގެން ބަލިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ހިންގާ އޮޕަރޭޝަންތަކަށް އެ ކޮލެޖުން ވެސް ދަނީ އެހީތެރިވަމުންނެވެ. އެ ކޮލެޖުން ސިފައިންގެ ސެނެހިޔާ ހޮސްޕިޓަލަށް ފޭސް މާސް ހަދިޔާކޮށް، ހުޅުމާލޭގައި ހުންނަ ފިޔަވައްޗަަށް ވެސް އެހީވެފައި ވެއެވެ.