ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ދެ މަސް ފަހުން އައްޑޫ ސިޓީގެ މޮނިޓަރިން އުވާލައިފި

ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ( އެޗްޕީއޭ) އިން މޮނިޓަރިންނަށް ގެންދިޔަ ދެކުނުގެ އެންމެ ބޮޑު ސިޓީ، އައްޑޫ ސިޓީގެ މޮނިޓަރިން އުވާލައިފި އެވެ.

އައްޑޫ ސިޓީގެ މޮނިޓަރިން އުވާލާފައިވަނީ މިވަނީ ދެމަސް ދުވަސް ފަހުންނެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އައްޑޫގެ ހުރިގާ ރަށަކުން ޕޮޒިޓިވް ވެފައިވަނީ 546 މީހެކެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 70 މީހުންނެވެ. ހޮސްޕިޓަލުގައި އެކަކަށް ދަނީ ފަރުވާ ހޯދަމުންނެވެ. އަދި އިއްޔެ އަލަށް ވަނީ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އައްޑޫއިން ކޮވިޑްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.

އައްޑޫ ބަންދުން ނެގުމާއެކު މިހާރު މޮނިޓަރިންގައި އޮތީ 14 ރަށެކެވެ.

އައްޑޫއިން މޭ މަހުން ފެށިގެން އޭޕްރީލަށް 13051 ސާމްޕަލެއް ޓެސްޓުކުރަން ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އިއްޔެ ވެސް ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނާއި ކޮވިޑް ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން 60 ދުވަސް ހަމަނުވާ މީހުންނަށް ކަރަންޓީނު ނުވެ ރަށް ރަށަށް ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.