ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ބ. ފެސިލިޓީން 91 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިރޭ މީހަކު މަރުވެފައިވަނީ ބ. އަތޮޅު ކޮވިޑް ފެސިލިޓީންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 91 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިރޭ ދަންވަރު 1:05 ގައެވެ.

މިއީ ރާއްޖޭގެ 217 ވަނަ ކޮވިޑް މަރެވެ.