ހަބަރު

ގާނޫނު ނަގަހައްޓަން އެއް އޮޑިއަކަށް ނަޝީދު އެރުއްވުމުން އުފާ ކުރަން: ޖޭޕީ

Jan 15, 2015

ގާނޫނު އަސާސީ ހިމާޔާތް ކުރަން މަސައްކަތް ކުރަން ޖުމުހޫރީ ޕާޓީ (ޖޭޕީ) އާކު އެއް އޮޑިއެއްގައި ދަތުރު ކުރަން ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން އެކަމާ އުފާ ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

އެޕާޓީގެ ނައިބު ރައީސް އަދި ވީޓީވީ އާއި ވީއެފްއެމާއި ވީއޮންނައިނާއި ވީކްލީ ހިންގާ ވީމީޑިއާގެ އެގްޒެކެޓިވް ޗެއާމަން އަމީން އިބްރާޙިމް ޓްވިޓާ މެދުވެރިކޮށް މިއަދު ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރަންޖެހޭ ކަންކަން ޖޭޕީގެ ޕީޖީ ގްރޫޕުން ނިންމާ އިއުލާންކޮށްފައިވާނެ ކަމަށެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ވިދާޅުވީ ގާނޫނު އަސާސީ ނެހެއްޓުމުގައި ގާނޫނު އަސާސީ އެކުލަވައިލި ހާއްސަ މަޖިލީހު ރައީސް ގާސިމް އިބްރާހީމަށްވުރެ އިހުލާސްތެރި ބޭފުޅަކު ނެތް ކަމަށެވެ.