އަބްދުﷲ ޝާހިދު

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާއަށް

Jul 21, 2021
2
މިނިސްޓަރު ޝާހިދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފުރާ ވަޑައިގެންފި އެވެ.

މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ އދ ގެ 76 ވަނަ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިއްސިޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާސްގެ 38 ވަނަ ސެޕްރޫ ހައުސް ލެކްޗާގައި މިމަހުގެ 23 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވާހަކަދައްކަވާނެ ކަމަށެވެ.

އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު ހޮވިވަޑައިގެންނެވީ މިދިޔަ މޭ މަހުގެ ހަތްވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ ގެ އެފަދަ ޝަރަފުވެރި މަގާމަކަށް ރާއްޖޭގެ ބޭފުޅަކު އިންތިހާބުވި ފުރަތަަމަ ފަހަރެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910