އެމްޓީސީސީ

އެމްޓީސީސީގެ ދެވަނަ ކުއާޓާގެ ފައިދާ 63 މިލިއަން ރުފިޔާ

Jul 21, 2021

އެމްޓީސީސީ އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނު ފައިދާއާއި އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 15 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ކުންފުންޏަށް ނިމިގެން ދިޔަ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 423 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 248 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 423 މިލިއަން ރުފިޔާ އެވެ. ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ވެސް ލިބިފައިވެ އެވެ.

ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު ސާފު ފައިދާގެ ގޮތުގަައި 191 މިލިއަން ރުފިޔާ މިދިޔަ އަހަރު އެމްޓީސީސީ އަށް ލިބިފައިވެ އެވެ.