ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 82 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

Jul 21, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ އުތުރުގެ ތަކަންދޫއަށް ނިސްބަތްވާ މީހެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މިހާތަނަށް 218 މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. މިހާތަނަށް 76،188 މީހަކަށް ބަލި ޖެހިފައިވާއިރު 73،340 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 2،619 އެވެ، ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 8 މީހަކަށެވެ.