ދުނިޔެ

މިސްރުން އީދުގައި 2،075 ކުށްވެރިންނަށް މާފުދީފި

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީގެ އަމުރުފުޅަށް 2،000 އަށްވުރެ ގިނަ ކުށްވެރިންނަށް މާފުދީ ދޫކޮށްލާފައިވާ ކަމަށް މިސްރުގެ ނޫސްތަކުން ބުނެފި އެވެ. މިއީ މުސްލިމުންގެ އަލްހާ އީދުގައި އާއިލާތައް އުފާ ކުރާއިރު ޖަލުތަކުގައި ތިބި ކުށްވެރިންގެ ތެރެއިން އަހުލާގު ރަނގަޅު މީހުންނަށް ދިން އިނާމެއް ކަމަށް ވެއެވެ.

މިސްރުގައި ކޮންމެ އަހަރަކު ވެސް މުސްލިމުންގެ އީދުތަކާ ދިމާކޮށް ޖަލުތަކުން ކުށްވެރިންނަށް މާފުދެ އެވެ. އަދި ގައުމީ ގޮތުން ފާހަގަކުރާ މުހިންމު ދުވަސްތަކުގައި ވެސް ކުށްވެރިންނަށް ލުއި ދެއެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އަމަލުކުރާ އުސޫލެކެވެ. މި އުސޫލުން މާފު ދިނުމުގައި ވެސް އަހުލާގީ ގޮތުން ދަރަޖަ ކުރެ އެވެ.

ޖަލުތަކުގައި ގިނަ ދުވަސްވެފައި ތިބި މީހުން ދޫކޮށްލަން އެދި އިންސާނީ ހައްގުތައް ދިފާއުކުރާ ޖަމާތްތަކުން މިސްރުގެ ސަރުކާރަށް އޮތީ ގޮވާލާފަ އެވެ. މިހެން ކަން ހިނގާފައި ވަނިކޮށް ކުށްވެރިން ދޫކޮށްލި ނަމަވެސް، އެއީ ކޮން ކަމަކާ ގުޅިގެން ކަމެއް ސަރުކާރުން ނުބުނެ އެވެ.

މިސްރުގައި ކުށްވެރިންނާ މާފު ދިނުމަކީ ކޮންމެ އިރެއްގައި ވެސް ރައީސްއަށް އޮންނަ ބާރެކެވެ. އެހެން ނަމަވެސް ކުށްވެރިން ދޫކޮށްލުމުގެ ކުރިން ކައުންސިލް މިނިސްޓަރުންނާ ރައީސް މަޝްވަރާ ކުރައްވަ އެވެ.

ރައިސަށް ކުށްވެރިން ދޫކޮލުމުގެ ބާރު އޮތް ނަމަވެސް މުއްދަތުން ކަނޑައެޅިފައި އޮންނަ ވަރެއް ޖަލުގައި ހޭދަ ކޮށްފައިވުން ހިމެނެ އެވެ. ޖަލުތަކުގެ އާންމު އުސޫލުތަކަށް ތަބާވެ ހުރިހާ ހާލަތްތަކެއް ގައި ވެސް އަމުރަށް ކިޔަމަންވުން ވެސް ހިމެނެ އެވެ.