މިސްރާއި އިޒްރޭލު ވަކިކުރާ ބޯޑަރުގައި ހިނގި ބަޑީގެ ހަމަލާއެއްގައި އިޒްރޭލުގެ ސިފައިންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ދެ ގައުމު ގުޅޭ ބޯޑަރުގައި ހުންނަ އެ ގައުމުގެ ސެކިއުރިޓީ ޕޯސްޓްގައި ދެ ސިފައިން މަރުވެފައި އޮއްވާ ފެނުނީ އެ މީހުންނާ ގުޅަން ކުރި މަސައްކަތްތައް ފޭލިވުމުން ޗެކް ކުރުމުންނެވެ.
މި ހާދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. އެއީ ބޯޑަރު ހުރަސްކޮށް ޑްރަގް ސްމަގްލްކުރަން އުޅުނު މީހަކު އަތުލައި ހައްޔަރުކުރަން ކުރި މަސައްކަތްތަކެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ހާދިސާގައި މިސްރުގެ ސިފައިންގެ އޮފިސަރަކު ވެސް ވަނީ މަރުވެފަ އެވެ.
މިއީ ކިހިނެއް އަދި ކޮން ސަބަބެއް މެދުވެރިވެގެން ހިނގައިދިޔަ ހާދިސާއެއްތޯ ބެލުމަށް އިޒްރޭލާއި މިސްރުގެ އަސްކަރިއްޔާ އިން ވަނީ މަސައްކަތް ފަށާފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަތިޔާރުއެޅި ޑްރަގު ޑީލަރަކު ހައްޔަރުކުރަން އުޅެނިކޮށް ވަކި ގޮތޮއް ނުބަލައި އޭނާ ބަޑިޖަހަން ފެށީ އެވެ. އަދި އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިސްރުގެ ސިފައިންގެ މީހާއަށް އޮޅިގެން އިޒްރޭލު ސިފައިންނަށް ހަމަލާދެވުނީ އެވެ.
މިސްރުގެ އަސްކަރިއްޔާ އިން ބުނި ގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގުރޫޕެއް ފަހައި ދުވަނިކޮށް ބަޔަކު ބަޑިޖެހީ އެވެ. މި ހާދިސާގައި އާންމުންގެ ބަޔަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުން އިޒްރޭލުގެ ބޯޑަރު ހުރަސްކޮށް މިސްރުގެ ސިފައިންގެ މީހާ ވަދެގަތުމުން ހަމަލާތައް ފެށުނީ އެވެ. އެކަމަކު އެއީ ޑްރަގު ޑީލަރުން ކަމަށް ހީކޮށް ދެވުނު ހަމަލާތަކެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ބެލެވޭ ގޮތުގައި ފުރަތަމަ ބަޑިޖަން ފެށީ އިޒްރޭލު ސިފައިންނެވެ. އެއީ ޑްރަގު ވިޔާފާރިކުން އުޅުނު ގުރޫޕެއް ފަހައި މިސްރުގެ ސެކިއުރިޓީ ގާޑު ދުވަމުން ދަނިކޮށް ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ވަދެވުމުންނެވެ.
އެއަށްފަހު ހިނގާދިޔަ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތީން މީހަކު މަރުވެ އިތުރު ބަޔަކަށް އަނިޔާވީ އެވެ.