ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މިހާރު ބަންދުގައި އޮތީ 14 ރަށެއް

ކޮވިޑް-19 ބަލި ރަށުތެރޭގައި ފެތުރުމުން، އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު 14 އަށް ދަށް ވެއްޖެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެންމެ ގިނަ ދުވަހު ބަންދުގައި އޮތީ ގދ. ތިނަދޫ އެވެ. އެއީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެނެވެ. އެރަށުން މިހާތަނަށް 917 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. އެކްޓިވް ތިބީ 82 ކޭހެވެ.

މިދިޔަ މޭ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު ބަންދުގައި އޮތީ ފަސް ރަށެކެވެ. އެއީ ފ. ފީއަލި، ޏ. ފުވައްމުލައް، ގއ. ވިލިނގިލި، އއ. ތޮއްޑޫ އަދި ރ. ދުވާފަރެވެ. ކޮވިޑާ ގުޅިގެން ޖޫން މަހު ބަންދު ކުރި ރަށްތަކުގެ ތެރެއިން އަދިވެސް ގއ. ކޫއްޑޫ އާއި ރ. މީދޫ އޮތީ ބަންދުގަ އެވެ.

މިމަހުގެ މިހާތަނަށް ކ. ގުރައިދޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ތ. ކިނބިދޫ އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ. ކިނބިދޫ މޮނީޓަރިންނަށް ލާފައި ވަނީ އިއްޔެ އެވެ.

އެންމެ ގިނަ ރަށްތައް ބަންދު ކޮށްފައި ވަނީ މިދިޔަ މޭމަހުގެ ތެރޭގަ އެވެ. އެ މަހު 70 އަށްވުރެ ގިނަ ރަށް އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ. އެއީ މިހާތަނަށް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މަހެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ ބަލި ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އުފުލިފައި ހުރުމަށް ފަހު މިހާރު ނަންބަރުތައް ވަނީ ތިރިވާން ފަށާފަ އެވެ. ކޮވިޑް ބަލީގައި މަަރުވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ.