ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 520 މީހަކު ވެކްސިން ފުރިހަމަ ކޮށްފި

Jul 22, 2021

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 260،281 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 520 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 507 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 13 މީހެކެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 320،991 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ. ކޮވިޝީލްޑްގެ އާ ސްޓޮކެއް ތިން މަސް ލިބި ވެކްސިން ޖަހައި ދޭން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. ކޮވިޝީލްޑް ވެކްސިން މިހާރު ޖަހައި ދެނީ ދެވަނަ ޑޯޒް ޖަހަން ޖެހޭ މީހުންނަށް އެކަންޏެވެ. އެ ވެކްސިން ޖަހައިދެނީ ވެސް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޕްރަގްރާމް ވަނީ މެދުކަނޑާލާފައެވެ.