ސިނަ މާލެ ބްރިޖް

ބްރިޖް ކައިރި އެކްސިޑެންޓެއް ނޫން، ފިލްމު ޝޫޓިންއެއް

ސިނަމާލެ ބްރިޖް ކައިރީ ހިނގަމުންދަނީ ފިލްމު ޝޫޓިންއެއް ކަމަށް ފުލުހުން ބުނެފި އެވެ.

ސިނަމާލެ ބްރިޖަށް މާލެ އިން އަރާ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާ ކުރަމުންނެވެ. އަދި އެ މަންޒަރު ފެންނަ ބައެއް ފޮޓޯތައްވެސް އާންމު ކުރަމުން ގެންދެއެވެ.

އަވަސްގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ވެއްޓިފައި އޮތް ޖީއެން ސައިކަލެއް ކައިރީގައި ހުރެ މީހަކު އެ ސައިކަލަށް ގެއްލުންދޭ މަންޒަރު ފެނެއެވެ. އަދި ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކުވެސް ހަރަކާތްތެރިވަމުން ދެއެވެ. މަންޒަރު ބަލަން ބައެއް މީހުން އެ ސަރަހައްދަށް އެއްވެފައިވެސް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބްރިޖް ސަރަހައްދުގައި އެކްސިޑެންޓެއް ހިނގާފައިނުވާ ކަމަށެވެ. އެ ސަރަހައްދުގައި ކުރިއަށް ދަނީ ވީޑިއޯ ޝޫޓިއެއް ކަމަށާ އެ ކަމަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.