ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އީދު ޗުއްޓީއަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންނެވީ 20 ވަނަ ދުވަހު އެވެ. އެއީ އަލްހާ އީދު ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާ ކަމަށެވެ.

ރަައީސްގެ ދަތުރުފުޅުގެ ތެރެއިން ލަންކާގެ ބޮޑުވަޒީރާއި އެ ގައުމުގެ ރައީސާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވިއެވެ.

ރައީސް ސޯލިހު އާއި މެޑަމް ފަޒްނާގެ އާއިލާގެ ގިނަ ބޭފުޅުން ލަންކާގައި އުޅުއްވާތީ އެ ދެ ބޭފުޅުން ލަންކާއަށް ޗުއްޓީއަށް ވަޑައިގަންނަވައެވެ.