ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ލަންކާއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ލަންކާއަށް ކުރައްވަނީ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނަބަލުން އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.

އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް ލަންކާއަށް ފުރާ ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ. ރައީސްގެ ދެ ކަނބަލުން ވަނީ މިދިޔަ އަހަރު ވެސް އާ އަހަރުގެ ބަންދާ ދިމާކޮށް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ.