ގަވައިދާއި ހިލާފަށް އެމްޓީޑީސީގެ ހިއްސާތައް ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ވަނީ ކެޕިޓަލް މާކެޓް އޮޓޯރިޓީ ސީއެމްޑީއޭއިންނެވެ. ނަމަވެސް މި މައްސަލައާގުޅިގެން ޕީޖީ އޮފީހުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއ ނުބުނެ އެވެ.