ރައީސް އަބްދުﷲ ޔާމީން

ސަލާމަތީ ކަންކަމަށް ބޮޑު ހޭދަ ކުރަންޖެހޭ: ރައީސް

Nov 20, 2015
9
ރޭ ދަރުބާރުގޭގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ: ސަލާާތީ ކަންކަމަށް ކުރާ ހޭދައިގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރާއްޖޭގެ ހާލަތު ބަދަލުވެފައި އޮތްގޮތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަ ކުރަން ބަޖެޓުން ބޮޑުހޭދައެއް ކުރަން ޖޭހޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވެއްޖެ އެވެ.

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވްމުން ރައީސް ވިދާޅުވީ، ތައުލީމާއި ސިއްހަތަށް ދޭ ސަމާލުކަން ދޫކޮށްލެވެން ނޯންނާނެކަމަށާއި ހަމައެއާ އެއްފަދަ ސަމާލުކަމެއް ދީގެން ސަލާމަތީ ކަންތައްތަކަށް ވެސް ބޮޑުހޭދައެއް ކުރަން ޖެހިފައިވާކަމަށާއި އެހެން ވާންޖެހުނީ ބައެއްގެ ވިޔާނުދާ އަމަލުތަކެއްގެ ސަބަބުން ކަމަށާއި ނަމަވެސް ވިދާޅުވީ ދައުލަތް ސަލާމަތްތެރިކަމާއެކު އޮތުމާއި ރައްޔިތުންނަކީ ސަލަމާތަމާއި ރައްކާތެރިކަމާ އެކު އަމާންކަންމަތީ އުޅޭ ބައެއް ކަމުގެ ޔަގީންކަން ހޯދައި ދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރިސޯސް ރަނގަޅުކުރުމަށް ބޭނުންކުރަން ހުރިފައިސާ އެ ކަންތައްތަކުގެ ބަދަލުގައި އެހެން ކަންތައްތަކަކަށް ހޭދަކުރަންޖެހިފައި މިވަނީ. ރާއްޖޭގެ ހާލަތު ހުރިގޮތުން އެ ކަންތައް ކުރަން ލާޒިމްވެފައި މިއޮތީ. އެހެންނަމަވެސް މި ހޭދަ އަޅުގަނޑުމެން ކުރަން ނުޖެހުނު ނަމަ މިއަދު އެ ފައިސާ ހުންނެ،" ރައީސް ވިދާޅުވި އެވެ. "މާލޭގެ މަގުތަކުގެ ސަލާމަތާއި އަމާންކަން މަގުމަތީގައި އުޅޭ ބޭފުޅުންނަށް އަޅުގަނޑުމެން ކަށަވަރުކޮށް ދޭން ބޭނުންވޭ. އެހެންވީމާ މި ދާއިރާއަށް އަޅުގަނޑުމެން ކުރިން ލަފާނުކުރާ މިންވަރަށް ހޭދަ ކުރަން މި ޖެހެނީ މި ދެންނެވި ކަހަލަ ވިޔާނުދާ އަމަލުތައް ހިނގާތީ،"

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910