ދުނިޔެ

2020: އެމެރިކާގައި ޑުރަގް އޯވަޑޯޒް މަރު ގިނަ

އެމެރިކާގައި ޑްރަގް އޯވާޑޯޒް – ބޭސް ބޭނުން ކުރަން އޮންނަ ވަރަށް ވުރެ އިތުރަށް ބޭނުން ކުރުމުގެ ސަބަބުން އަންނަ މަރުތައް އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ. ރިޕޯޓްގައި ބުނެފައިވާ ގޮތުން 2020 އަކީ ޑްރަގް އޯވާޑޯޒް މަރުތައް ވަކިން ގިނަ އަހަރެކެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ލިބެން ހުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2020 ގައި 3319 މީހަކު އޯވާޑޯޒް ވެގެން މަރުވެފައި ވެ އެވެ. މިއީ މުޅި އެމެރިކާއަށް ބަލާއިރު 29.4 ޕަސެންޓްގެ އިތުރުވުމެކެވެ.

ނޭޝަނަލް ސެންޓާ ފޮ ހެލްތު ސްޓެޓިސްޓިކްސް އިން ބުނާ ގޮތުން އެމެރިކާގެ ބައެއް އަވަށްތަކުގައި ޑްރަގް އޯވާޑޯޒްވުން އެހެން އަވަށްތަކަށް ވުރެ އިތުރެވެ.

ކޮވިޑާ ހެދި ދުނިޔެ ތަޅުލެވިފައި އޮތްއިރު މީހުން ފިކުރު ބޮޑުމުގެ ސަބަބުން ތަފާތު ބޭސް ބޭނުން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ސައްހަ ފަރުވާއަކާ ނުލައި ނުވަތަ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ބޭސް ބޭނުންކުރި މީހުން ކަމަށް ބުނެފައި ވެއެވެ. ބޭސް ބޭނުންކުރަން ޖެހޭ މިންގަނޑު އޮޅުމުގެ ސަބަބުން ވެސް މަރުތައް އުފުލިފައިވާ ކަމަށް ވެއެވެ.

ތަދުކަނޑުވާ ބޭސްތަކުގައި ތެރޭގައި ހިމެނޭ ބާރުގަދަ ބޭސްތައް ބޭނުން ކުރުން އިތުރުވެފައިވާ ކަމަށާއި ފާމަސީތަކުން އާންމުކޮށް މިފަދަ ބޭސްތައް ލިބެނުން ހުރުމަކީ ވެސް މަރުތައް ގިނަވެދާނެ ސަބަބެއް ކަމަށް ބުނެފައި ވެއެވެ.

ސީޑީސީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އާންމުކޮށް ލިބެން ޖެހޭ ބޭސްބޭހާ ބެހޭ ގޮތުން ބައިޑަންގެ ސަރުކާރުން އުސޫލުތަކެއް އާންމު ކުރާނެ އެވެ. އެހެން ނަމަވެސް އަމިއްލައަށް ބޭސް ކުރުމަކީ ނައްތާލެވޭނެ ސަގާފަތެއް ނޫނެވެ.