މޯލްޑިވްސް ކަސްޓަމްސް ސާވިސް

ބައެއް ތަކެތި ކަސްޓަމްސް އިން ނައްތާލައިފި

Jul 24, 2021

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާތްވާއި ޓޮނިކްތަކެއް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި ނައްތާލީ އެ އިދާރާގެ ބޮންޑްވެއާ ހައުސްގައި ހުރި 12،013.32 ލީޓަރުގެ ބަނގުއާތްވާއި، 3535 ލީޓަރުގެ ޓޮނިކް އެވެ.

ކަސްޓަމްސް އިން މިދިޔަ ބުރާސްފަތި ދުވަހު އެ ތަކެތި ނައްތާލީ ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގަ އެވެ.

އެކި ސަބަބުތަކާ ހުރެ ކަސްޓަމްސްގައި ހިފަހައްޓާފައި ހުންނަ ތަކެތި ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ނައްތާލުމުގެ ބާރު ކަސްޓަމްސް އަށް ލިބިގެންވެ އެވެ.