ބަނގުރާ

ބަނގުރާ ހުރި ކަމަށް ބުނާ ބުއިމެއްގެ މައްސަލަ ބަލަނީ

ދިވެހި ފިހާރަތަކުގައި ވިއްކަމުން އަންނަ "ގާސްޓަސް" ބުއިން: މި ބުއިމުގައި ބަނގުރާ އެކުލެވޭ ކަމަށް ބުނޭ
0%
0%
0%

ރާއްޖޭގެ އާންމު ބައެއް ފިހާރަތަކުގައި ވިއްކަމުން އަންނަ ބުއިމެއްގައި ބަނގުރާ އެކުލެވޭ ކަމަށް ބުނާ މައްސަލައެއް ކަސްޓަމްސް ސާވިސް އިން ބަލަން ފަށައިފި އެވެ.

ރާއްޖޭގެ ބައެއް ފިހާރަތަކުގައި ވިއްކަމުން އަންނަ ޖަރުމަނުގެ އުފެއްދުމެއް ކަމަށްވާ "ގާސްޓަސް" ދަޅުގައި "އަލްކަހޯލް ފްރީ" ޖަހާފައިވެ އެވެ. ނަމަވެސް އެ ބުއިމުގައި ބަނގުރާ އެކުލެވޭ ކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކޮށްފަ އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ ކަމެއް އެ އިދާރާއަށް ފާހަގަ ކުރެވިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ރާއްޖެއަށް އެތެރެކޮށް ފިހާރަތަކުގައި ވިއްކާ ބުއިންތަކުގައި މީގެ ކުރިން ވެސް ބަނގުރަލުގެ ބާވަތްތައް ހިމެނޭ ކަން ފާހަގަ ކުރެވިގެން އެފަދަ ތަކެތި އެ ފިހާރަތަކުން ނަގާފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910