މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Aug 15, 2022

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތައިލައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލުގެ އިތުރުން، ބަނގުރާ އެކުލެވޭ ބިޔަރު ހިމެނެ އެވެ. އެތަކެތި ނައްތާލާފައިވަނީ މާލެ އަތޮޅު ތިލަފުށީގައި އިއްޔެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި 225.7 ލީޓަރުގެ ބަނގުރާ ނައްތާލައިފައިވެ އެވެ. އަދި 6763 ލީޓަރުގެ ބަނގުރާ ޕެކެޓާއި 1708 ލީޓަރުގެ ބިޔަރު ފުޅިވެސް ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެ އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި ނައްތާލައިފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އިތުރު އެހެން ސަބަބަކާ ހުރެ ތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން އަމަލުކުރާ އުސޫލުން ކަމަށެވެ.

މި ތަކެއްޗަކީ އެކި ފަހަރުމަތިން އެކި މައްސަަލަތަކުގައި ކަސްޓަމްސް އިން އަތުލައިގެންފައިވާ ތަކެއްޗެވެ.