ހަބަރު

ގިނަ އަދަދެއްގެ ބަނގުރާ ފުޅި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ޕެކެޓްތައް މިދިޔަ ބުރާސްފަތި ދުވަހު ނައްތާލައިފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި ނައްތާލީ އެ އިދާރާގެ ބޮންޑްވެއާ ހައުސްގައި ހުރި 4،242 ބަނގުރާ ފުޅިއާއި، 7،784 ބަނގުރާ ޕެކެޓެވެ. އަދި ފަސް ކިލޯގްރާމްގެ ބަނގުރާ ކެގެއް ވެސް އެ ދުވަހު ނައްތާލި އެވެ.

ކަސްޓަމްސް އިން އެ ތަކެތި ނައްތާލީ ތިލަފުށީގައި ހުންނަ ކުނި ނައްތާލާ ސަރަހައްދުގަ އެވެ. އެ ކަން ކުރީ ފުލުހުންނާއި ބައެއް މީޑިއާގެ ހާޒިރުގަ އެވެ.