ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި ސިޓީ

ކުއްޖަކު ޕޮޒިޓިވްވެ ކުޅުދުއްފުށި ބަންދުކޮށްފި

ތިލަދުންމަތީ ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އަށް ގެނެސްފި އެވެ.

އެ ރަށް މޮނިޓަރިންއަށް ގެނައީ ކުޑަކުއްޖަކު ޕޮޒިޓިވްވެގެންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެންމެ ބުނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާއިރު ކުޅުދުއްފުށި ސިޓީ މޮނީޓަރިންގ އަށް ގެނެސްފައިވާ ކަމަށެވެ.

މިވަގުތު މޮނިޓަރިންގައި އޮތީ ފ. ފީއަލި އާއި ގދ. ތިނަދޫ އާއި ފުވައްމުލަކު ސިޓީ އާއި އއ. ތޮއްޑޫ އާއި ރ. ދުވާފަރާއި ގއ. ކޫއްޑޫ އާއި ރ. މީދޫ އާއި ކ. ގުރައިދޫގެ އިތުރުން ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ އާއި އއ. ރަސްދޫ އާއި ތ. ކިނބިދޫ އާއި ކުޅުދުއްފުށި ސިޓީ އެވެ.