ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި ސިޓީ

ކޮވިޑްގެ ހާލަތު ގޯސްވެ ކުޅުދުއްފުށީގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ކޮވިޑްގެ ހާލަތު ގޯސްވެ ކުޅުދުއްފުށީގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ކުޅުދުއްފުށިން މިހާތަނަށް 51 މީހަކަށް ވަނީ ބަލިޖެހިފައެވެ. އެހެން ކަމުން އެ ސިޓީގައި ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކުޅުދުއްފުށީ ކައުންސިލުން މިރޭ ބުނީ ރަަށުގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފައިވާ ކަމަށާ އެތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި ގުރޫޕް ހަދައިގެން މޫދަށް ނުދިއުމާއި މަގުމަތީގައި ގުރޫޕް ހަދައިގެން ނޫޅުމާއި ޒަރޫރީ ބޭނުމަށް ނޫނީ ބޭރަށް ނުނިކުތުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ޒަރޫރީ ބޭނުމަށް ނޫނީ އެއްގެއިން އަނެއް ގެއަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ.