ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި ސިޓީ

ކޮވިޑް ފެނިގެން ކުޅުދުއްފުށި ސިޓީ ބަންދުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ސިޓީ ގެނެސްފި އެވެ.

ކުޅުދުއްފުށި ސިޓީން ޕޮޒިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. އެޗްޕީއޭ އިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މިވަގުތުވެސް އެޗްޕީއޭގެ މޮނިޓަރިންގައި 38 ރަށެއް އެބައޮތެވެ.

އެއީ ށ. ޅައިމަގާއި ރ. ހުޅުދުއްފާރާއި ގދ. ގައްދޫ އާއި ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށުގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އާއި ށ. ޅައިމަގާއި ރ. ހުޅުދުއްފާރާއި ގދ. ގައްދޫ އާއި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީގެ އިތުރުން އއ. ފެރިދޫ އެވެ.