ކުޅުދުއްފުށިން އިއްޔެ ނެގި ރެންޑަމް ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މާލެއަށް ގެނައި ބަލި މީހަކު ޓެސްޓު ކުރުމުން އޭނާ ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެ ކުޅުދުއްފުށިން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އެ ރަށުން 72 ސާމްޕަލް ވަނީ ނަގާފައެވެ.
ކޮވިޑް ބަލި މީހުން ފެންނަ މިންވަރު އިތުރުވަމުންދާއިރު ރަށްރަށައް ހޯމް ކަރަންޓީނަށް ފޮނުވާ ވަރަށް ގިނަ ބަަޔަކު ދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ.
މިއަދުގެ ނިޔަލަށް 40 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ށ، ނ، ރ، ބ، ޅ، ކ، އދ، މ، ފ، ދ، ތ، ލ. ގއ، ގދ، ސ އަތޮޅުގެ ރަށްތައް ހިމެނެ އެވެ.