ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅުދުއްފުށި ސިޓީ

އިތުރު އަށެއް، ކުޅުދުއްފުށީގެ ކޮވިޑް ނަންބަރު 42 އަށް

ހދ. ކުޅުދުއްފުށީން އިތުރު 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވްވި 8 މީހުންގެ ތެރޭގައި ރެންޑަމްކޮށް ނެގުނު ދެ ސާމްޕަލްއެއް ހިމެނޭ ކަމަށެވެ. މިއަދުގެ ނަންބަރާއެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 42 އަށް އަރާފައެވެ. މިދިޔަ ދެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން އަދި މިހާތަނަށް ނަތީޖާ ނުލިބޭ 94 ސާމްޕަލް ހިމެނޭ ކަމަށާ މި ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"ކޭސްތަކުގެ އަދަދު މައްޗަށް އަރަމުން ދިއުމާއި ރޭންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ނަސޭހަތްތެރިވަން. ހާއްސަ ގޮތެއްގައި މާސްކު އެޅުމާއި ބައްދަލު ވާ މީހުން މަދު ކުރުމާއި ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި ސާފުތާހިރުކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރަން،"

އަދި ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް ތަބާވުމަށާއި އެއްވެސް ކަހަލަ އަލާމާތެއް ފާހަގަ ވެއްޖެނަމަ ކޮވިޑަށް ޓެސްޓް ހެދުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.