ދުނިޔެ

އެމެރިކާގެ ސިއްރުތައް އިޒްރޭލަން ދިން މީހާ މިނިވަން ކުރަނީ

Nov 20, 2015

އިޒްރޭލަށް ޖާސޫސު ކޮށްދިނުމުގެ ކުށުގައި އުމުރަށް ޖަލަށް ލާފައިހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޮނަތަން ޕޮލާޑް މިނިވަން ކުރަން ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
1998 ގައި އެމެރިކާއިން ޕޮލާޑްގެ މައްޗަށް ހުކުން އިއްވައި އުމުރަށް ޖަލަށްލީ އެމެރިކާގެ ސިއްރު މައުލޫމާތުތަކެއް އިޒްރޭލަށް ފޯރުކޮށްދިންކަން ސާބިތު ވުމުންނެވެ.
މިހާރު އުމުރުން 61 އަހަރު ވެފައިވާ ޕޮލާޑަކީ ކުރިން އެމެރިކާ ނޭވީގެ އިންޓެލިޖެންސް އޮފިސަރެކެވެ.
ޕޮލާޑް މިނިވަން ކުރުމަށް އިޒްރޭލު ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކުރިއެވެ. މި މައްސަލައިގާ އެމެރިކާއާއި އިޒްރޭލުގެ ގުޅުމަށް ބުރޫ އެރިއެވެ. އެންމެ ފަހުން ޕޮލާޑް ދޫކޮށްލަން އެމެރިކާއިން ނިންމީ އިޒްރޭލުން ފަލަސްތީނާއި އެކު ކުރިއަށް ގެންދާ ސުލަހައިގެ ވާހަކަތަކަށް އިޒްރޭލު ރުޖޫއަވުން ޝަރުތު ކޮށްފައެވެ.
ހައްޔަރުކުރި ދުވަސްވަރު ޕޮލާޑް ބުނީ އޭނާ އިޒްރޭލަށް މައުލޫމާތު ތަކެއް ހިއްސާކުރީ އެމެރިކާއިން ހިއްސާކުރުން ކޮންމެހެން ބޭނުން މައުލޫމާތުތަކެއް އިޒްރޭލާއި އެކު ހިއްސާ ނުކޮށް އޮތުމުން ކަމަށެވެ.
ޕޮލާޑްގެ ލޯޔަރުން ބުނީ އޭނާ ޖަލުން މިނިވަންވުމުން ކުރާނެ މަސައްކަތަކާއި އުޅޭނެ ތަނެއް ނިއުޔޯކް ސަރަހައްދުން ހޯދާފައިވާ ކަމަށެވެ. އެކަމަކު ޕޮލާޑް ބުނެފައިވަނީ މިނިވަންވުމުން އޭނާ ބޭނުންވަނީ ދެވަނަ އަނބި ކައިރިއަށް އިޒްރޭލަށް ދާން ކަމަށެވެ.