ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުވާފަރު

ކޮވިޑްގައި ދުވާފަރުން ތިންވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއަދު މެންދުރު މަރުވެފައިވަނީ ރ. ދުވާފަރު ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

އެ ރަށު ކައުންސިލުން ބުނީ ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ މީހެއް ކަމަށެވެ. މިއީ އެ ރަށުން ކޮވިޑްގައި މަރުވި ތިންވަނަ މީހާ އެވެ.

ދުވާފަރަކީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންއަށް ގެނެސް އަރާ ފޭބުން މަނާކޮށްފައިވާ ރަށެކެވެ. އެ ރަަށުގައި މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް 145 މީހަކު ވެއެވެ. މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 10 މީހެކެވެ. މިހާތަނަށް އެ ރަށުން 487 މީހަކަށް ބަލިޖެހިފައިވެއެވެ. 340 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އެ ރަށުން 4203 ސާމްޕަލް ނަގާފައިވާއިރު 3626 ސާމްޕަލްގެ ނަތީޖާ ނެގެޓިވްއެވެ. މިވަގުތުވެސް ނަތީޖާ ނުލިބޭ 90 ސާމްޕަލްއެއް ވެއެވެ.