ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކުޑަކުދިންނާ މާބަނޑު މީހުންނަށް ދޭން ވެކްސިން ހޯދަނީ

ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ހޯދަމުން އަންނަ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް ކުޑަކުދިންނަށް ދޭން ލައިސަންސް ލިބިފައިވަނީ އެމްއާރުއެންއޭ ވެކްސިން އެކަނި ކަމަށެވެ. އޭގެ ތެރޭގައި ފައިޒާ އަދި މޮޑާނާއިން އުފެއްދި ވެކްސިން ހިމެނި އެވެ.

"އެހެންވީމާ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އިތުރު ވެކްސިން ހޯދުމަށް. ކޮންމެެވެސް ވަރަަކަށް ކޮމިޓްމަންޓްސްތަކެއް ވެސް އެބަ ހުރި. މީއްޗިހީ ފައިނަލްވެ ޑޭޓެއް ލިބުނީމަ އަޅުގަނޑުމެންނަށް ތަފްސީލު ދެވޭނީ. އެހެން ނަމަވެސް މިވަގުތުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ވެސް [ވެކްސިން] ޖެހޭގޮތަށް." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކުޑަކުދިންގެ އިތުރުން މާބަނޑު މީހުންނަށްވެސް ދޭން އެމްއާރްއެންއޭ ވެކްސިން ހޯދަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. މާބަނޑު މީހުންނަށް ދެމުން އައީ ފައިޒާ ވެކްސިން ކަމަށާއި ނަމަވެސް ފައިޒާ ވެކްސިން މިހާރު ރާއްޖޭގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދެމުން ގެންދަނީ އިންޑިއާ އިން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނަފޯމް ވެކްސިނެވެ. އިނގިރޭސިވިލާތުގައި އުފައްދާ އޮކްސްފޯޑް އެސްޓްރާޒެނިކާ ދޭން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގޭ ދިރިއުޅޭ މީހުންގެ ތެރެއިން 261،605 މީހަކު މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.