ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަކުރި އަދަދު 262،000 އަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 2562،128 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އަންގާރަ ދުވަހު 4523 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 511 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 12 މީހެކެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 321،523 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އިތުރުވަމުން ދަނީ މާޗް މަހުން ފެށިގެން މެދުކެނޑިފައި އޮތް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ފެށުމުންނެވެ. ތިން މަސް ފަހުން ކޮވިޝީލްޑްގެ އާ ސްޓޮކެއް ލިބި ވެކްސިން ޖަހައި ދޭން ފެށުމަށް ފަހު އީދު ބަންދަށް މެދުކަނޑާލި އެވެ.

މާދަމާ އަލުން ވެކްސިން ޖަހަން ފަށާއިރު ދޭނީ އެސްޓްރާޒެނެކާ ވެކްސިނެވެ.