އެމެރިކާއިން ހަނގުރާން މަތީ އުޅަނދުތައް ޓައިވާން ކަނޑުއޮޅިއަށް ޖަމާ ކުރަން ފަށައިފި އެވެ. އަސްކަރީ އޮފިޝަލުން ވިދާޅު ވަނީ ބައިނަލްއަގުވާމީ ގާނޫނާ ފުށުއަރާ އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި ބޭނުމަކީ ޓައިވާނާ ގުޅިގެން ފަރިތަކުރުން ކަމަށެވެ.
އެމެރިކާގެ ނޭވީން ބުނީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި މިނިވަން ކަމާއެކު ކޮންމެ ބަޔަކަށް ވެސް ދަތުރު ކުރެވެން ޖެހޭ ކަމަށެވެ. އެމެރިކާއިން މިހެން ބުނީ ޗައިނާއިން ދީފައި އޮތް އިންޒާރަކާ ގުޅިގެންނެވެ.
ޗައިނާއިން ބުނެފައި އޮތީ އެގައުމުގެ މިނިވަންކަމަށް ނުތަނަވަސްކޮށް ސަޚުސިއްޔަތު އޮޅުވާލަން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދެކޮޅު ހަދާނެ ކަމަށެވެ. އަދި ޓައިވާން ކަނޑުއޮޅިއަކީ ޗައިނާއާ ވަރަށް ގާތް ސަރަހައްދަކަށް ވާތީ އެހެން ގައުމެއްގެ މަނަވަރުތައް އެ ސަރަހައްދަށް ވަނުން ބަލައި ނުގަނެވޭނެ ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިން ބުނާ ގޮތުން ޗައިނާ ވެފައި ވަނީ އަވަށްޓެރި ގައުމުތަކަށް ބޮޑު ބިރަކަށެވެ. ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅިއަކީ ޗައިނާ އަމިއްލަ ސަރަހައްދެއް ކަމަށް ދެކިގެން އުޅުނު ނަމަވެސް އެއީ އެކަން އޮން ގޮތް ނޫން ކަމަށެވެ.
އެމެރިކާ އާއި އިނގިރޭސިންނަށް ވުރެ ވިސްނުންތޫނު އަދި ކުޅަދާނަ އެހެން ބަޔަކު ދުނިޔޭގައި ނޫޅޭ ކަމަށް އެމީހުން ދައުވާކުރެ އެވެ. އަދި އެމީހުންނަށް އޮޅިގެން ވެސް ކަމެއް ގޯސްކޮށް ނުކުރެވޭނެ ކަމަށް ގަބޫލުކުރެ އެވެ.
އެމީހުން ގަބޫލުކުރަން ބޭނުންނުވަނީ ހަނގުރާމަމަތީ މަނަވަރުތައް ޗައިނާއާ އެހާ ގާތަށް ޖަމާކުރުމަކީ މިނިވަން ދައުލަތެއް ނުތަނަވަސްކުރުވާނެ ކަމެެއް ކަމެވެ.