އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާއަށް ވަޒީފާއެއް ލިބިޑައިގެންފި އެވެ. އެ މަނިކުފާނަށް މިފަހަރު ލިބިވަޑައިގަތީ އެންބީއޭ އެފްރިކާ ސްޓްރެޓެޖިކް ޕާޓްނަރެއްގެ ޝަރަފެވެ.
ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަނާ ގުޅިވަޑައިގެން އޮބާމާ ވަޒީފާއެއް އަދާ ކުރައްވާ ކަމަށް ލިޔެވުނަސް ދުވަހުން ދުވަހަށް ކުރައްވަން އެމަނިކުފާނަށް މަސައްކަތްތަކެއް ނޯންނާނެ އެވެ. އެމަނިކުފާނު މައިގަނޑު ގޮތެއްގައި އުޅުއްވާނީ އެސޯސިއޭޝަން ހިންގުމާއި ހަރަކާތްތައް / ލީގުތައް ރާވާނެ ގޮތް ވިދާޅުވެ ދެއްވުމުގަ އެވެ.
އޮބާމާ ގަބޫލުފުޅު ކުރައްވަނީ އެފްރިކާގައި ބާސްކެޓްބޯޅައާ ގުޅުން ހުރި ބައެއް ހަރަކާތްތަކުން މިހާރަށް ވުރެ ބޮޑު މަންފާއެއް ހޯދިދާނެ ކަމަށެވެ. އޮބާމާގެ ރޭވުންތެރިކަން އާރުލާ ގޮތެއްގައި ހިނގައިގެންފި ނަމަ އެސޯސިއޭޝަނަށް ލިބޭ އެއްޗަކުން އެތިކޮޅެއް އޮބާމާއަށް ވެސް ލިބިވަޑައިގަންނަވާނެ އެވެ.
އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އަކީ ފޮތް ލިޔުއްވާ ދެމަރިފިންނެވެ. ފިލްމް / ޑްރާމާތަކަށް ސްކްރިޕް ލިޔެ ދެއްވުމާއި ޔުނިވާސިޓީ / އޯޕަން ހޯލް ލެކްޗާތަކުން ވެސް މާލީ ތަނަވަސްކަން ހޯއްދަވަ އެވެ.
އޮބާމާ ގަސްދު ކުރައްވަނީ އެފްރިކާގައި ބާސްކެޓް ބޯލް ލީގުތައް އުފައްދައި ކުޅިވަރު ތަރައްގީކޮށް އަދި އާޖީލުތައް އުފައްދައި ބިޔަ ވިޔަފާރިއަކަށް ބަދަލު ކޮށްލެވިދާނެ ކަމަށެވެ. އަދި އެގޮތުން ލިބިވަޑައިގަންނަވާ އާމްދަނީން އޮބާމާ ފައުންޑޭޝަންއަށް ޚަރަދަު ކުރެވިދާނެ ކަމަށެވެ.