ހައުސިން ޔުނިޓް

ނުކުޅެދުންތެރި ކުދިންގެ ފްލެޓްތައް ދިނުން އަންނަ ހަފުތާގައި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ސަރުކާރުން ދޫކުރާ 15 ފްލެޓް އަންނަ ހަފްތާ ތެރޭގައި ހަވާލުކުރާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

އަނިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކައް ހާއްސަކޮށް ހުޅުމާލެއިން ދޭން ހަމަޖެހިފައިވާ ފްލެޓްތައް އެންމެ ފުރަތަމަ ދޭން އިއުލާން ކޮށްފައިވަނީ 2013 ވަނަ އަހަރުގައި ކަމަށާއި އެހެން ނަމަވެސް ތަފާތު އެކި މައްސަލަތަކާ ގުޅިގެން އެކަން ވަނީ ލަސްވެފައި ކަމަށެވެ. އަދި އޭރު ދިމާވި ހުރަސްތައް ނައްތާލުމަށްފަހު އަންނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓަށް ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކައް ހަވާލު ކުރާނެ ކަމަށް އަނިލް ވިދާޅުވި އެވެ.

"އަލުން ގާއިމް ކުރެވިގެން ދިޔަ އާއުސޫލުތަކުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ފްލެޓުތަކަށް އެދިފައިވާ 527 ފަރާތާއި އިންޓަވިއު ކުރެވި، ފަނަރަ ފަރާތެއް މިހާރު މިވަނީ ޝޯޓް ލިސްޓް ކޮށްފަ. އެފަރާތްތަކުގެ ނަންނައް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާ މިއަންނަ ހަފްތާ ނިމުމުގެ ކުރިން ފްލެޓުތަށް ހަވާލު ކުރެވޭނެ،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބް ވިދާޅުވީ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނޭ ގޮތް މަގުފަހި ކޮށްދިނުމާއި އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާކަމެއް ކަމަށް ފާހަގަ ކުރައްވާފަ އެވެ.