އިމިގްރޭޝަން

އިމިގްރޭޝަން ވިސާ ހިދުމަތްތައް މަޖީދީމަގު ސްޓާ ކްލައުޑަށް

Jul 30, 2021

އިމިގްރޭޝަނުން ދެމުން ގެންދާ ވިސާއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް މަޖީދީމަގުގައި ހުންނަ ސްޓާ ކްލައުޑް -- ކުރީގެ ސްޓާ ސިނަމާ -- އިމާރާތަށް ބަދަލުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވީޒާ ޑިވިޝަނުން ދެމުންގެންދާ ވީޒާ އާއި ގުޅުންހުރި ހިދުމަތްތައް މަޖީދީ މަގުގައި ހުންނަ ސްޓަރ ކްލައުޑްސް އިމާރާތުގެ އަށް ވަނަ ފަންގިފިލާއަށް ބަދަލުވާނެ ކަމަށެވެ. ކުރިން މި ހިދުމަތް ދެމުން ގެންދިޔައީ ވެލާނާގޭ ފުރަތަމަ ފަންގިފިލާއިންނެވެ.

އެ އޮތޯރިޓީން ބުނީ މި ހިދުމަތްތަކާ ގުޅުންހުރި އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންނަމަ އެ އިދާރާގެ ވޯކް ވީޒާ ހޮޓްލައިން އަދި ވޯ ކްވީޒާ ފިޔަވައި އެހެނިހެން ވީޒާތަކުގެ ހޮޓްލައިނަށް ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:00 އިން 2:00 އަށް އަދި ރަސްމީ ބަންދު ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ގުޅުމުން މައުލޫމާތު ލިބޭނެ ކަމަށެވެ.