މޯލްޑިވްސް ޕޮލިސް ސާވިސް

ޒުވާނަކު ގެއްލިގެން އާއިލާއިން ހޯދަނީ

އދ. ކުނބުރުދޫއަށް ނިސްބަތްވާ އަހުމަދު ނައުފަލް ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން ނައުފަލްގެ އާއިލާއިން ބުނީ އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އުމުރުން 26 އަހަރުގެ ނައުފަލް ކަންނެލި ދަތުރު ކުރުމަށް ފަހު މާލެއަށް ފޭބީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ނައުފަލް ގެއްލިގެން އިއްޔެ ހޯދަން ފަށާފައި ވާއިރު، އޭނާގެ އާއިލާއަށް އެންމެ ފަހުން ހަބަރެއް ވެފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. އޭނާ އެންމެ ފަހުން ވައިބާ އިން އޮންލައިން ވެފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާ ގެއްލިގެން ހޯދަން އެދި އާއިލާއިން ވަނީ ފުލުހުންނަށް ވެސް މައްސަަލަ ހުށަހަޅާފަ އެވެ.

ނައުފަލްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންނަށް ނުވަތަ އޭނާގެ ކޮއްކޮ އަލީ ނާއިޒު (9677524) އަށް ލަސްނުކޮށް އެންގުމަކީ އޭނާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.