މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ދެ ދުވަސް ތެރޭގައި 259 އުޅަނދު ބަލައި ފާސްކޮށްފި

ފުލުހުން ހުޅުމާލޭގައި މަގުމަތި ބަލަހައްޓަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދެ ދުވަސް ތެރޭގައި ފުލުހުން ހުޅުމާލެއިން 259 އުޅަނދެއް ބަލައި ފާސްކޮށްފި އެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ގިނަވެ، ދެ މީހަކު މަރުވި ހާދިސާއަށްފަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ މަގުތަކުގެ ޓްރެފިކް ބެލެހެއްޓުން އިތުރަށް ވަރުގަދަކޮށްފަ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ފުޅާކޮށް ފުލުހުން ވަނީ ފަށާފަ އެވެ. އެގޮތުން މިމަހު 8 އަދި 9 ވަނަ ދުވަހު ހުޅުމާލެ މަގުމަތިން ފުލުހުން ވަނީ 229 ސައިކަލާއި 30 ކާރެއް ބަލައި ފާސްކޮށްފަ އެވެ. މީގެތެރެއިން 53 ސައިކަަލަކާއި ދެ ކާރަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ފުލުހުން ހުޅުމާލޭގައި މަގުމަތީގައި މީހަކު ހުއްޓުވާ ސުވާލުކުރަނީ -- ފޮޓޯ: އަވަސް

ފުލުހުންގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ލައިސެންސް ނެތި ސައިކަލު ދުއްވި އަށް މީހަކު ވަނީ ހުއްޓުވާފަ އެވެ. އަދި 14 ސައިކަލަކާއި ތިން ކާރެއް ވަނީ ޓޯކޮށްފަ އެވެ. ސައިކަލު ދުއްވި 37 މީހަކަށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި ނުރައްކާތެރިކޮށް ދުއްވި ފަސް ސައިކަލެއް ވަނީ ހުއްޓުވާފަ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގައި މިމަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހު ފުލުހުން ވަނީ 22 ސައިކަލެއް އަދި 10 ކާރެއް ބަލައި ފާސްކޮށްފަ އެވެ. އަދި 19 ސައިކަލަކާއި ތިން ކާރަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ފުލުހުން މާލޭގެ މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް

ފުލުހުން ވަނީ މާލޭގައި ލައިސެންސް ނެތި ސައިކަލު ދުއްވި 15 މީހަކާއި ލައިސެންސް ނެތި ކާރު ދުއްވި ދެ މީހަކު ހުއްޓުވާފަ އެވެ.

މީގެ އިތުރުން 19 ސައިކަލަކާއި ތިން ކާރެއް ޓޯކޮށް، ސައިކަލު ދުއްވި ތިން މީހަކާއި ކާރު ދުއްވި ހަތް މީހަކަށް ވަނީ ނަސޭހަތް ދީފަ އެވެ.

މާލޭގެ މަގުމަތިން ފުލުހުން ވަނީ ނުރައްކާތެރި ކޮށް ސައިކަލު ދުއްވި ތިން މީހަކު އަދި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ވެސް ހުއްޓުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345