ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ޓޫރިސްޓުންގެ އަަދަދު ހަލައްކަ ހުރަސްކޮށްފިި

Jul 31, 2021

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު 600،000 އަށްވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 603،815 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެ އަންނަ ޑެއިލީ ޓޫރިސްޓު އެރަވައިވަލް އުޅެނީ 3،000 އިން މަތީގަ އެވެ. މިމަހަށް ބަލާއިރު ރާއްޖެއަށް ހަފުތާއެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށްވުރުވެސް އިތުރުވެފައިވެ އެވެ.

ރާއްޖެ އަށް މިމަހުގެ 29 ގެ ނިޔަލަށް 603،815 ޓޫރިސްޓުން އައިނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރު އައި 986،407 މީހުންނާ އަޅާބަލާއިރު 38 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް މި އަދަދު މިދިޔަ އަހަރު އައި 384،238 މީހުންނާ އަޅާ ކިޔާނަމަ 57 ޕަސެންޓް އިތުރުވެ އެވެ.

ޓޫރިސްޓުން މިހާރު އެވްރެޖު ގޮތެއްގައި ރާއްޖޭގައި މަޑު ކުރަނީ ނުވަ ދުވަހު އެވެ. އަދި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާ އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކޮށް ޖުލައި 15 ގެ ހުޅުވިފަހުން މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. ނަމަވެސް އޭގެކުރީ އަހަރު 1.7 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ ޓާކެޓަކީ އެއް މިލިއަން ނުވަތަ 1.5 މިލިއަން މީހުން ގެނައުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.