ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ފުރިހަމަކުރި އަދަދު 264،000 އަށް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 264،913 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހުކުރު ދުވަހު 426 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 321،764 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު އިއްޔެ ވިދާޅުވީ ދިވެހި އާބާދީއަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ހޯދިފައިވާ ކަމަށެވެ. އަދި އެއީ މިވަގުތަށް އެ ފުރުސަތު ލިބިފައިޗާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަން ފާހަގަ ކުރެއްވިއެވެ.

މަބުރޫކް ވަނީ އާންމު ހާލަތަށް ދިއުމަށް ވެކްސިންގެ މުހިންމު ކަން ފާހަގަ ކުރައްވާ ވެކްސިން ކެންޕެއިނަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވެކްސިން ޖެހުމަށް ގިނަ ބަޔަކަށް ބާރު އެޅުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ވަނީ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމަށް އަމާޒުކޮށް ބޮޑު ކެންޕެއިނެއް މިއަދު ފަށާފައެވެ.