ހަބަރު

ކައްދޫ އެއާޕޯޓުގައި ބެގެޖް ސްކްރީނިން މެޝިން ބަހައްޓައި ހިދުމަތް ފަށައިފި

ލ. ކައްުދޫ އެއާޕޯޓުގައި ބެގޭޖް ސްކްރީނިން މެޝިންއެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.

ބެގޭޖް ސްކްރީނިންގ މެޝިންގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ. އަދި އެރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިތުރުން އައިލެންޑެ އޭވިއޭޝަން އާއި ކައްދޫ އެއާޕޯޓުގެ އިސްވެރިން ބައިވެރިވި އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ބެގޭޖް ސްކްރީނިންގެ ހިދުމަތް ދިނުމަކީ ރާއްޖޭގެ ސަރަހައްދީ ވައިގެ ބަނދަރުތަކުގެ ސަލަމާތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އެއިދާރާއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.