ފިނިޕޭޖް

ޕްރިންސިޕަލްގެ ގޮނޑީގައި ރާމާމަކުނެއް

އިންޑިއާގެ ސްކޫލަކަށް ރާމާ މަކުނެއް ވަދެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މަޝްހޫރު ވެއްޖެ އެވެ.

މި ވީޑިއޯގައި ފެނިގެންދަނީ ރާމާމަކުނެއް ސްކޫލް ޕރިންސިޕަލްގެ ގޮނޑީގައި އިންނަ މަންޒަރެވެ. އަދި މި ވީޑިއޯގައި އެ ސްކޫލުގެ މުވައްޒަފުން އެ ރާމާމަކުނު ފައްސާލުމުގެ މަސައްކަތް ކުރާ މަންޒަރުވެސް ފެނިގެންދެ އެވެ.

މީސްމީޑިއާގައި ފެތުރެމުންދާ ވިޑިއޯ

އެއް މިނިޓާއި 15 ސިކުންތުގެ މި ކުރު ވީޑިއޯގައި ފެންނަނީ އެ ރާމާ މަކުނު އެއްވެސް މީހަކަށް އަޅާނުލާ ޕްރިންސިޕަލްގެ ގޮޑީގައި ހުރެ އަމިއްލަ މުނިފޫހި ފިލުވުމައިގެން އުޅޭ މަންޒަރެވެ. އަދި އެ ރާމާމަކުނު އެ ގޮނޑީގައި އަޅުވާފައި އިން ޕްލާސްޓިކު ޝީޓުވެސް ވީދާ ނައްޓާފައިވެ އެވެ. މިކަން ވެގެންދިޔައީ ވީޑިއޯ ބެލި މީހުނަށް ހެއްވާ މަޖާ މަންޒަރަކަށެވެ.

މީގެ އިތުރުން މި ވީޑިއޯގައި އެ ރާމާމަކުނު ދުވެ ޕްރިންސިޕަލް އޮފީހުން ނިކުމެގެން ދިޔަ މަންޒަރުވެސް ފެނިގެން ދެއެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުން ރަމާ މަކުނު ފެނުން އާންމުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިއަހަރުގެ ޖޫން މަހު ވަނީ ވެރިރަށް ނިއުދިއްލީގެ ރޭލެއްގައި ރާމާމަކުނެއް ދަތުރު ކުރާ ވީޑިއޯއެއްވެސް ވައިރަލް ވެފަ އެވެ.