ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާ ދެން ލޮކްޑައުން ކުރާކަށް ނުޖެހޭނެ: ފައުޗީ

ކޮވިޑާ ގުޅިގެން އެމެރިކާ ދެން ލޮކްޑައުންކުރަން ނުޖެހޭނެ ކަަމަށް މަޝްހޫރު ސެލެބްރިޓީ ޑޮކްޓަރު، އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ޑރ. ފައުޗީ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ސިއްހަތާ ގުޅުން ހުރި ކަންތައްތަކުގައި އިރުޝާދު ދެއްވަނީ ވެސް އޭނާ އެވެ.

ފައުޗީގެ މަގާމުގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ވަރަށް ގިނަ މީހުން ވަނީ ބަލައިގެންފަ އެވެ. އަދި އޭނާ ދެއްވާ އިރުޝާދުތަކަށް މީހުން ލޯބިކުރެ އެވެ. ފައުޗީ ވަކި ކަމެއް ކުރަން ވިދާޅުވެފައި އޮތީ މިވެނި ގޮތަކަށް ކަމަށް އެެހެން މީހަކު ބުނި ނަމަވެސް ގިނަ ބަޔަކު އެކަމެއް ކުރެ އެވެ.

ފައުޗީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެކަށީގެންވާ ވަރަށް މީހުން ވެކްސިން ޖަހައިފި ކަމަށާއި ދުވަސްތަކެއް ކުރިން އެމެރިކާ އޮތް ހާލަތަށް އެނބުރި ދާން ނުޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ފައުޗީ އިތުރަށް ވިދާޅުވީ ކޮވިޑް މުޅިން ނައްތާލެވޭ ވަރަށް އަދިވެސް ވެކްސިން ނުޖެހޭ ކަމަށާއި ވިސްނާނުލައި އުޅެން ފަށައިފި ނަމަ ނިކަމެތި ހާލަތެއް އަނެއްކާ ވެސް މެދުވެރިވެދާނެ ކަމަށެވެ.

އެމެރިކާ އަކީ މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ގައުމުގެ އިތުރުން ކޮވިޑްގައި އެންމެ ގިނަ ބަޔަކު މަރުވި ގައުމެވެ.