ފުވައްމުލައް

ފުވައްމުލަކު ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް، އެދެނީ ކަރަންޓް ބޭނުންކުރުން މަދުކުރުމަށް

Aug 2, 2021

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ފެނާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފައިވާ ކަމަށް ފެނެކަ ކޯޕަރޭޝަނުން ދެންމެ ބުނެފި އެވެ.

ފުވައްމުލަކުގައި ރޭ ފަތިހުން ފެށިގެން ވަނީ ފެނާ ކަރަންޓު ކެނޑިފަ އެވެ. މައްސަލަ ދިމާވީ މައި ޓްރާންސްފޯމަރަށެވެ. އެހެންކަމުން އައްޑޫ ސިޓީއިން ފޯމަރެއް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެރަށުގެ 80 ޕަސެންޓް ގޭބިސީއިން ފެނާ ކަރަންޓު ކެނޑުނެވެ. ނަމަވެސް ފެނަކަ ފުވައްމުލަކު ބްރާންޗުން މިހާރު ބުނެފައި ވަނީ އެ މައްސަލަތަކަށް ހައްލު ހޯދައިދީފައިވާނެ ކަމަށެވެ.

އަދި ކޮންމެހެން ބޭނުން ކުރަން ޖެހޭ ކަންކަމަށް ކަރަންޓް ބޭނުން ކުރުމަށް ފުވައްމުލަކު ރައްޔިތުންގެ ކިބައިން ވަނީ އެދިފައެވެ.

މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް އަލުން ކަރަންޓާއި ފެން ދޭން ފަށަން 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ.