މާލޭގެ އުތުރުފަރާތުން އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކަށް ކަފާ ފުރާ ސަރަހައްދުގައި ޓެކްސީ މަޑުކުރާނެ ޖާގައެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ސަރަހައްދަކީ ގިނަ ބަޔަކު ލަފާ ފުރާ ސަރަހައްދަކަށް ވެފައި މިތަނުގެ ތަރުތީބެއް ނެތުމުގެ ސަބަބުން ލަފާ ފުރާ ފަރާތްތަކާ އަދި ވެހިކަލް ދުއްވާ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ހާދިސާއެއް ހިނގުމަށްވެސް މަގުފަހިވާނެކަމަށް ފެންނާތީ އެކަންކަން ހައްލުކޮށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ބޭނުމުގައި ފެށި މަސައްކަތެކެވެ.
ޓެކްސީ މަދުކުރާނެ ޖާގަ ހަދަނީ މާލޭގެ އުތުރުފަރާތުން އިއްޒުއްދީން ފާލަމުގެ ހުޅަނގުން އެމްއެމްއޭ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދުގައެވެ. މި އަތޮޅު ތަކުން މާލެއަންނަ އަދި ރަށްރަށަށް ފުރާ ގިނަ ފަރާތްތައް ބޭނުންކުރަނީ މިތަނުގައި އޮންނަ ތޮއްޓެވެ. އެގޮތުން އެކިއެކި ބަންދުތަކާ ގުޅިގެން މި ސަރަޙައްދަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެންދެއެވެ. މިކަމުގެ ސަބަބުން މަގު ތޮއްޖެހި ފުރަން މީހުން ޓެކްސީތަކަށް އެރުމުގައި ދަތިތައްކުރިމަތިވެއެވެ. އަދި ޓެކްސީތައް މަޑުކުރުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދެއެވެ.
މާލޭގެ އެކި ސަރަޙައްދުގައި އެކި ކަންކަމަށް ހަރަކާތްތެރިވާ ފަރާތްތްކަށް ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ.