މާލޭ ސިޓީ ކައުންސިލް

އާސަހަރާގެ ފާރު ވައްޓާލައި ފާރު ތިރިކުރަނީ

މާލޭގެ އާސަހަރާގެ ވެއްޓެއް ކައިރިވެފައި ހުރި ވަށާފާރު ވައްޓާލައި ސަހަރާ ހުޅުވާލުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ އާ ސަހާރާގެ ވެއްޓެން ކައިރިފައި ހުރި ވަށާ ފާރު ނަގާ ސަހަރާ އަކީ ރީތިކޮށް ހުޅުވާލާފައި އޮންނަ ހިތްފަސޭހަ ސާފުތާހިރު ތަނަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އާސަހަރާގެ ވަށާފާރު ވަރަށް އުސްކޮށް ނަގާފައި ހުންނައިރު ސަހަރާގެ ހުޅަނގު ފަރާތު ފާރުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި މަގުމައްޗަށް ވެއްޓޭ ވަރުވެފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވަނީ އާސަހަރާއަށް ޒިޔާރަތް ކުރައްވާ ވަށާފާރު އަދި ސަހަރާގެ އާންމު ހާލަތު ބައްލަވާލައްވާފަ އެވެ.

މާލޭގެ އާސަހަރާގެ ވަށާފާރު ތަޅާލުމަށް ނިންމި ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ދުވަހެއް ސިޓީ ކައުންސިލުން އަދި ނުބުނެ އެވެ.

މާލޭގެ އާސަހަރާ މިސްކިތުގައި ދެ ބުރީގެ އިމާރާތެއް އަޅައި އެ ތަނުގައި ހުރި މިސްކިތާއި ހިނަވާގޭގެ ޖާގަ ވެސް މިހާރު ވަނީ ބޮޑުކޮށްފަ އެވެ.