އަބްދުﷲ ކަމާލުއްދީން

ޕާޓީ ހަދަން އޭކޭއަށް ހުއްދަ ދީފި

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ކަމާލުއްދީނަށް ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އޭނާ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީގެ ނަމަކީ "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ މއ. އާނުވެލި އަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި ކަމަށެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައަކަށް ފުރަތަމަ އެނގިވަޑައިގަތުމުން އެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެއީ ކަމާލުއްދީންގެ ނަން އެމްއާރްއެމްގައި އޮތުމުންނެވެ.