ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހިމަންދޫ

ހިމަންދޫން ދެ މީހަކު ޕޮޒިޓިވްވެ ރަށް ބަންދު

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނިގެން އއ. ހިމަންދޫ ބަންދު ކޮށްފި އެވެ.

ހިމަންދޫ ބަންދުކޮށް އަރާ ފޭބުން މަނާކޮށްފައިވަނީ މާލެއިން އެ ރަށަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އަދި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކުވެސް މިހާރު ވަނީ ޕޮޒިޓިވްވެފައެވެ.

ރަށު ޓޫރިޒަމް ފުޅާކޮށްފައި އޮތް ހިމަންދޫއަކީ އާބާދީގެ 60 ޕަސެންޓް ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެކެވެ. އެހެން ކަމުން ވެކްސިން ފުރިހަމަ ނުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދަތުރުކުރެވޭ ނުވަ ރަށުގެ ތެރޭގައި އެ ރަށް ހިމެނެއެވެ. މީގެ އިތުރުން އެ ރަށުގެ އުމުރުން 65 އަހަރުން މަތީގެ އެންމެން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ނަމަވެސް އެޗްޕީއޭގެ ކޮވިޑް ބަންދުން ވީއްލެންދެން އެރަށަށް އަރާ ފޭބުން މަނާވާނެ އެވެ.

ހިމަންދޫގެ އިތުރުން 16 ރަށެއް އޮތީ ބަންދުކޮށްފައެވެ.