ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި ވުހާން އާކޮވިޑްތަކަށް ސްކްރީން ކުރަނީ

ޗައިނާގެ ވުހާން ސިޓީގެ މުޅީ އާބާދީ – 11 މިލިއަން މީހުން ކޮވިޑް ވޭރިއަންޓްތަކަށް ސްކްރީންކުރަން އިދާރާތަކުން ނިންމައިފި އެވެ.

ދުނިޔޭގައި އެންމެ ފުރަތަ އިންސާނަކަށް ކޮވިޑް ޖެހުނު ކަމަށް ބުނާ ވުހާންގައި އާވޭރިއަންޓްތައް ފެތެރެމުން އަންނަ ކަމަށް ޚަަބަރުތައް ބުނެ އެވެ.

ވުހާންގެ އިދާރާތަކުން ބުނާ ގޮތުން އެމެޖެންސީ ހާލަތެއް ކަމަށް ބަލައި ސްކްރީން ކުރަން މިހާރު ވަނީ ފަށާފަ އެވެ. ސިއްހީ ދާއިރާގައި، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަދި ބަލިމީހުން ގާތުގައި މަސައްކަތްކުރާ އޮފިޝަލުންނާއި ޑޮކްޓަރުން އަދި ނަރުހުން ވަނީ އެމެޖެންސީ ޕްރޮގްރާމްގައި ޝާމިލްކޮށްފަ އެވެ.

ސަރުކާރުން ބުނީ މުޅި އާބާދީ ސްކްރީން ކުރުމުގައި ވެސް އަމަލުކުރާނީ އެމެޖެންސީ ހާލަތު ކަމަށެވެ. އަދި ބުނީ އެއްވެސް ދިމާއަކަށް އަދި އެއްވެސް ބަޔަކަށް އަޅާނުލައި ދޫކޮށްނުލާނެ ކަމަށެވެ.

ޗައިނާއިން ބުނީ ވުހާނަށާއި އަދި އެހެން ސިޓީތަކަށް ވެސް ކޮވިޑްގެ އާވައްތަރުތައް ވަދެގެންފި ކަމަށާއި ޝައްކުކުރެވޭ ބަލިމީހުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބުނީ ނުރައްކާ ބޮޑުވާ ނަމަ ބައެއް ސިޓީތައް ލޮކްޑައުންކުރާނެ ކަމަށެވެ.

ވުހާންގައި ކޮވިޑް ފެތުރިގަތް ފަހުން އެ އަވަށުން އެކަނި ވެސް 50،399 މީހުންނަށް ބަލި ޖެހިފައިވާ ކަމަށްވެ އެވެ. ކޮވިޑުން 46،512 މީހުން ރަނގަޅުވެ 3،869 މީހުން މަރުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޗައިނާގައި ކޮވިޑާ ގުޅިގެން އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލްކުރަން ދުވަސްތަކެއް ނުނަގަ އެވެ. އެހެން ނަމަވެސް ކޮވިޑް މުޅިން ފިލައިގެން އަދި ވެސް ނުދެ އެވެ.