ވިޔަފާރި

ދުބާއީގެ ރިސޯޓުތައް: މިފަހަރު ލޯބީގެ ރަމްޒެއް، ހިތުގެ ބައްޓަމަށް!

Nov 22, 2015
1

ރާއްޖެ ގޮތަށް ޖަޒީރާ ރަށްތަކެއް ހިއްކައިގެން ދުބާއީގައި ދަނީ ރިސޯޓުތަކެއް ހަދަމުންނެވެ. އަދި ފްލޯޓިން ވިލާތަކެއް ވެސް ހަދައިފި އެވެ. ނަމަވެސް މި ފަހަރު މުޅިން ތަފާތު ކޮންސެޕްޓެކެވެ. މި ރިސޯޓުތައް ރަމްޒުކޮށްދެނީ ލޯބީގެ ނިޝާނެވެ. ނުވަތަ "ހާޓް" އެކެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން މި ރިސޯޓުތައް ނިމުން މިތަން ވެގެންދާނީ ރާއްޖެ ފަދަ ރަށްތަކަށެވެ. މަތިން ބަލައިލާއިރު ފެންނާނީ އުކާލާފައިވާ ވެލިފުއްތަކެއްގެ ސިފައިގަ އެވެ. މިތަނުގައި ހަދާ ރިސޯޓުތައް ހުންނަނީ ފެންމަތީގައި ހުންނަ ކޮޓަރިތަކެކެވެ. އަންނަ އަހަރު މީގެ ބައެއް ރިސޯޓުތައް ނިންމަން ހިފާފައިވާއިރު، މި މަޝްރޫއުގެ ދަށުން 90 ފްލޯޓިން ކޮޓަރި ހަދާނެ އެވެ.

ހަނީމޫންގެ ފޮނި ދުވަސްތައް ހޭދަ ކުރުމަށް ދުބާއީގައި ޗުއްޓީ ހޭދަކުރަންދާ ޓޫރިސްޓުންނަށް ހާއްސަ "ހާޓް އައިލެންޑް" ތަރައްގީ ކުރަނީ އޮސްޓްރިއާގެ ކުންފުންޏަކުންނެވެ. އެ ކުންފުންނިން މީގެ ކޮޓަރިއެއް ވިއްކަނީ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަށެވެ. މި މަޝްރޫއުގެ ދަށުން 190 ކޮޓަރި ހަދަން ނިންމާފައިވާއިރު، ހާޑްއައިލެންޑުގައި ފުރިހަމަ ހިދުމަތްތަކާއެކު ޔޮޓްމެރީނާއެއް ވެސް ހުރެ އެވެ.