އެސްޓީއޯ

އެސްޓީއޯ އިން ކޯނޭ އެސްކަލޭޓާ ތައާރަފްކޮށްފި

Aug 4, 2021

އެސްޓީއޯއީ އިން "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާ ތައާރަފުކޮށްފި އެވެ.

އެސްކެލޭޓާ ރާއްޖެ ގެނެސް އިންސްޓޯލް ކޮށްދިނުމަށް އެސްޓީއޯ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިއެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖާ މުހައްމަދު އީމަން އެވެ. އެސްޖޭ ކޮންސްރަކްޝަންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓާ ޝިހާދު އިބްރާހިމް އެވެ.

އެސްޓީއޯ އިން ބުނީ އަލަށް ތައާރަފްކުރި ކޯނޭ އެސްކެލޭޓާ އެންމެ ފުރަތަމަ ހަރުކުރެވިގެން ދާނީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި ހަދަމުންގެންދާ އެސްޖޭ ޝޮޕިން މޯލްގައި ކަމަށެވެ.

ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭ އެސްކެލޭޓާ އަކީ ރައްކާތެރި އަދި ތިމާވެއްޓާއި ރަހުމަތްތެރި އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. މިއީ ISO 14001 ސޭފްޓީ މިންގަނޑުތަކުގައި ހިމެނުމުގެ އިތުރުން އެންޓި ރައިޑް / އެންޓި ސާފް ބެރިޔާ އަދި ބަލުސްޓްރޭޑް އެކްސްޓެންޑްކޮށް، ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ އުފެއްދުމެއް ކަމަށް އެކުންފުނިން ބުންޏެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ގްރީން އެވޯޑްތަކެއް ހޯދާފައިވާ "ކޯނޭ" ބްރޭންޑްގެ އެސްކެލޭޓާގައި ހިމެނޭ ތިމާވެއްޓާއި ރަހުމަތްތެރި ކަންތައްތަކުގެ ތެރޭގައި ހައި-ސްޕީޑް މޯޓަރު ބޭނުންކޮށް ފުލް ސްޕީޑުގައި ކަރަންޓް ބޭނުންކުރެވޭ މިންވަރު ކުޑަ ކޮށްދިނުމާއި، ލުބްރިކޭޝަން-ފްރީ ސްޓެޕް ޗެއިން ބޭނުންކުރުމުގެ އިހްތިޔާރު ލިބި، ތެޔޮ ބޭނުން ނުކޮށް އެސްކަލޭޓާ ސާފުކުރެވެ އެވެ.

ދެމެހެއްޓެނިވި ލެޑް ލައިޓުން 80 ޕަސެންޓާ ހަމައަށް ކަރަންޓު ހަރަދު ކުޑަކޮށްދޭ ކަމަށާއި އީކޯ-އެފިޝަންޓް އޮޕަރޭޝަނަލް މޯޑުގައި އެސްކަލޭޓާ އޮޕަރޭޓް ކުރެވޭ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.