މީޑިއާނެޓް

އިނގިރޭސިންގެ ކޯޅުންތައް މިފަހަރުވެސް އައިސް ސްޕޯޓްސް އިން

ބާކްލޭޒް ޕްރިމިއާ ލީގުގެ މެޗުތައް މިމަހުގެ 14 ވަނަ ދުވަހު ފަށާއިރު މީޑިއާނެޓު މެދުވެރިކޮށް ލައިވްކޮށް ގެނެސްދޭން ނިންމައިފި އެވެ.

އެ މެޗުތައް މީޑިއާނެޓު މެދުވެރިކޮށް ގެނެސްދޭނީ އައިސް ސްޕޯޓްސް (ޗެނަލް 102) އަދި ޕީއެލްޓީވީ (ޗެނަލް 880) މެދުވެރިކޮށެވެ. މި މެޗުތައް ފޯނާއި ޓެބްލެޓާއި އަދި ލެޕްޓޮޕުން މީޑިއާ ނެޓުގެ މަލްޓި ސްކްރީން މެދުވެރިކޮށް ފެންނާނެ އެވެ. ހަމަ އެހެންމެ އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ގެންގުޅޭ ކަސްޓަމަރުންނަށް އެމްއެސްޓީވީ މެދުވެރިކޮށް ވެސް މެޗުތައް ބެލޭނެ އެވެ.

އެންމެ ފަހުން ބޭއްވި ޕްރިމިއާ ލީގު ކާމިޔާބުކުރީ މެންޗެސްޓާ ސިޓީ އެވެ. މި ސީޒަނާއި އެ ޓީމު ކުރިމަތިލާނީ ލީގު ދިފާއުކުރާށެވެ.

އާ ސީޒަނުގެ އެންމެ ފުރަތަމަ މެޗުގައި އާސެނަލް އާއި ވާދަކުރާނީ މިފަހަރު އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އެވެ.

މި މެޗް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖަހާއިރު ފެނިގެންދާނެ އެވެ. މެޗުތަކުގެ ތަފްސީލު މީޑިއާނެޓުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް ލިބޭނެ އެވެ.